Skip to content

ކުދިކުދި ތަރިތައް By Lomira

April 27, 2010

ކުޑަކުޑަކުއްޖެއް. އަމިއްލަ ހިޔާލީ ދުނިޔޭގަ ހިޔާލުތައް އަނބުރަމުން، ކައްކަމުން ދަނީ ދަނީ. އިނގިލި ތެރޭގަ އިން  ބޮލުގެ ބުޅި އިސްތަށިކޮޅެއް އަނބުރަމުން، ހެދުމުގެ ފަސްބައިގެ ތަންކޮޅެއްގަ ހިފާލައިގެން ފުއްމާލާފަ، އެނބުރިލާފަ، ސްކިޕް ކޮށްލާފަ، ކޮރާލާފަ ދަނީ ދަނީ. ކުޑަކުޑަ ދެފައި ބިމުގަ ޖެހޭ ކަމެއް ނޭނގެ. ތަރިތަކުގެ މަތިން، ޖައްވުތެރެއިން އަރައިގެން އެބަދޭ ކަންނޭނގެ. ކުދިކުދި މާތައް ވިލާތަކުގަ ހިއްޕިފަ އެހެރީ ޕަރީ އެތާގަ އުޅޭތީދޯ؟…

ފިޔަވަޅުތައް ނަށަމުން، ފުމެމުން ދާއިރު ބޮލުތެރޭގަ ލަވައެއް އެބަ އިވއިވި ހުރޭ. އެލަވަ ބޮލުން ލައިގެން އަންނަނީ އަންނަނީ، އައިސް ދުލަށް އަރައިފި. ކުޑަކުޑަ ދުލުގެ ހަރަކާތާ، ސިކުނޑީގެ އިހުސާސްތައް ކުޑަކުޑަ އަޑާ އެއްވެއްޖެ. “ކުދިކުދި ތަރިތައް ފިޔަޖަހަނީ… އަހަރެން ކިހިނެއް ބުނެދޭނީ… މާމަތީ އުޑުގައި ތިބެގެންނޭ-“.

ބޮޑުބޮޑު އަޑެއް މަޑުމަޑުން އެތަނަށް ވަދެއްޖެ. “ޒާރާ… އަނެއްކާ ހަނދާން ނެތުނީތަ؟ މަނާ ކަންތައް ކުރަންޏާ މަންމަ ދެން ދާނީ އިނގޭ.” ކުޑަކުޑަ އަޑު ހުއްޓިއްޖެ. ކޮރަމުން، ފުންމަމުން، ނަށަމުން، ސްކިޕްކުރަމުން ދިޔަ ކުޑަކުޑަ ފައިތިލަ ހުއްޓިއްޖެ. ކައްކަކައްކާހުރި ބޮޑުބޮޑު ކުލަގަދަ ހިޔާލީ ފޮލާ ހުއްޓިއްޖެ. ޕަރީ ގެއްލިއްޖެ. ވިލާތަކުގަ ހުރި މާތައް އެދިއައީ ކޮންތާކަށް؟

ޕަރީ ނޫނީ ސުވަރުގެ. ޕަރީ އާ ނަރަކަ. ޕަރީ ބޭނުމެއް ނެތް. އަލިފާން ބޭނުމެއް ނެތް. އަލިފާން އަސްލު ހޫނުތަ؟ ހޫނު އެއީ ކޯޗެއް؟ ރަގަޅު ކުދިން ނަރަކަ ބޭނުމެއް ނުވާނެ. ޒާރާ ދާނީ މަންމައާއެކީ ސުވަރުގެއަށް. އެހެންނޫނީ އެކަނިވާނެ. އެހެންނޫނީ މަންނައެތާގަ އެކަނިވެދާނެ. ޒާރާ ވެސް ދާން ބޭނުންވާންވާނީ ސުވަރުގެއަށް ކަންނޭގެދޯ؟ ސުވަރުގެ އެއީ ކޯޗެއް؟ ޒާރާ މަންމަ ހުންނަންޏާ ޒާރާވެސް ދާނީ ސުވަރުގެއަށް. އަނެއްގޭގަ އަލިފާން ހުންނާނެ.

ކުޑަކުޑަ ސިކުނޑިއެއްގެ ދޮރުތައް ލައްޕަން އެބަ އުޅޭ. އެ ކުޑަކުޑަ ސިކުނޑީގެ ކުޑަދޮރުތައް ނުލެއްޕިގެން އެއުޅެނީ ކީއްވެ؟ އެހިޔާލުތައް ސިކުނޑިތެރޭގަ ކުރަހާފަ ކުލަޖައްސަން އުޅޭއިރު ފޮހެން އުޅެނީ ކާކު؟ އެފައިތިލައިގެ ހަރަކާތްތަކުގަ ހިފަހައްޓަން އުޅެނީ ކާކު؟ އެއަޑު ފޮހެލަން އެއުޅެނީ ކާކު؟ މިނިވަން އިންސާނެއްގެ ހައްގުތައް ހަލާކުކޮއްލަނީ ކާކު؟ ކުޑަކުޑަ މިނިވަން އިންސާނެއް މިނިވަންކަން ފޮހެލާއިރު އެކަމަށް ހުއްދަ ދެނީ ކާކު؟

އެއީ ހަމަ އެންމެ ކުޑަކުޑަ ކުއްޖެއް. އެކުއްޖާގެ މިނިވަންކަން  ބަޔަކު އައިސް ފޮހެލަން އެހެން ބަޔަކު ހުއްދަ ދޭއިރު އެކަމާ އަޅާނުލާ، އެތަން ބަލަން ހުރީ ކާކު؟ އެކަހަލަ ކިތައް ކުދިން؟

Advertisements
2 Comments leave one →
  1. April 30, 2010 8:05 am

    lmao sweet story bro.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: